ހޫދު · 77/123
ތަރުޖަމާ ކިޔެވުން — ސޫރަތު ހޫދު
وَلَمَّا جَاءَتْ رُسُلُنَا لُوطًا سِيءَ بِهِمْ وَضَاقَ بِهِمْ ذَرْعًا وَقَالَ هَٰذَا يَوْمٌ عَصِيبٌ ۝٧٧
Wa lammaa jaaa`at Rusulunaa Lootan seee`a bihim wa daaqa bihim zar`anw wa qaala haazaa yawmun `aseeb
📖 ދިވެހި މާނަ
އަދި ތިމަންރަސްކަލާނގެ رسول ން (އެބަހީ: ملائكة ން) لوط ގެފާނުގެ އަރިހަށް ވަޑައިގަތްހިނދު (قوم ގެމީހުންގެ فاسد ކަމުގެ ސަބަބުން، އެބޭކަލުންނަށް ދެރަގޮތެއް ވެދާނެތީ) އެބޭކަލުންނާމެދު ދެރަފުޅުވެ ހިތާމަކުރެއްވިއެވެ. އަދި އެބޭކަލުންނާމެދު ހިތްޕުޅު ދަތިވިއެވެ. އަދި ވިދާޅުވިއެވެ. މިއީ ވަރަށް ހިތާމަވެރި ދުވަހެކެވެ

🎧 އަޑު އަހާ


📜 އާޔަތް 75-79 — ސޫރަތު ހޫދު

75إِنَّ إِبْرَاهِيمَ لَحَلِيمٌ أَوَّاهٌ مُّنِيبٌ
ހަމަކަށަވަރުން، إبراهيم ގެފާނީ، ކޯފާ މަޑު، دعاء ކުރެއްވުންގިނަ، اللَّه ގެ حضرة އަށް رجوع ވެ، توبة ވެވަޑައިގަންނަވާ ބޭކަލެކެވެ
76يَا إِبْرَاهِيمُ أَعْرِضْ عَنْ هَٰذَا ۖ إِنَّهُ قَدْ جَاءَ أَمْرُ رَبِّكَ ۖ وَإِنَّهُمْ آتِيهِمْ عَذَابٌ غَيْرُ مَرْدُودٍ
އޭ إبراهيم ގެފާނެވެ! ތިޔަކަންތައް (އެބަހީ: لوط ގެފާނުގެ قوم ގެމީހުންނާމެދު ދެންނެވުން) ދޫކޮށްލައްވާށެވެ! އެހެނީ، ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ أمر ފުޅު އަތުވެއްޖެއެވެ. އަދި ހަމަކަށަވަރުން، އަނބުރާ ރައްދުނުކުރައްވާނޭ عذاب އެއް، އެއުރެންގެ ގާތަށް އަންނާނެތެވެ
77وَلَمَّا جَاءَتْ رُسُلُنَا لُوطًا سِيءَ بِهِمْ وَضَاقَ بِهِمْ ذَرْعًا وَقَالَ هَٰذَا يَوْمٌ عَصِيبٌ
އަދި ތިމަންރަސްކަލާނގެ رسول ން (އެބަހީ: ملائكة ން) لوط ގެފާނުގެ އަރިހަށް ވަޑައިގަތްހިނދު (قوم ގެމީހުންގެ فاسد ކަމުގެ ސަބަބުން، އެބޭކަލުންނަށް ދެރަގޮތެއް ވެދާނެތީ) އެބޭކަލުންނާމެދު ދެރަފުޅުވެ ހިތާމަކުރެއްވިއެވެ. އަދި އެބޭކަލުންނާމެދު ހިތްޕުޅު ދަތިވިއެވެ. އަދި ވިދާޅުވިއެވެ. މިއީ ވަރަށް ހިތާމަވެރި ދުވަހެކެވެ
78وَجَاءَهُ قَوْمُهُ يُهْرَعُونَ إِلَيْهِ وَمِن قَبْلُ كَانُوا يَعْمَلُونَ السَّيِّئَاتِ ۚ قَالَ يَا قَوْمِ هَٰؤُلَاءِ بَنَاتِي هُنَّ أَطْهَرُ لَكُمْ ۖ فَاتَّقُوا اللَّهَ وَلَا تُخْزُونِ فِي ضَيْفِي ۖ أَلَيْسَ مِنكُمْ رَجُلٌ رَّشِيدٌ
އަދި އެކަލޭގެފާނުގެ قوم ގެމީހުން އެކަލޭގެފާނުގެ އަރިހަށް އަވަސް އަވަހަށް އައޫއެވެ. ކުރިން އެއުރެންނަކީ، ނުބައި (فاحش) ކަންތައްތައް ކޮށްއުޅުނު މީހުންނެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! މިތިބީ އަހުރެންގެ (އެބަހީ: قوم ގެ) އަންހެން ދަރިންނެވެ. (ތިޔަބައިމީހުން شرعى ގޮތުން އެކަނބަލުންނާ ކާވެނިކުރާނަމަ) އެކަނބަލުން ތިޔަބައިމީހުންނަށްޓަކައި ސާފުކަން ބޮޑެވެ. ފަހެ، ތިޔަބައިމީހުން، اللَّه އަށް تقوى ވެރިވާށެވެ! އަދި ތިމަންކަލޭގެފާނުގެ މެހުމާނުންގެ ކުރިމަތީގައި، ތިމަންކަލޭގެފާނު ލަދުވެތި ނުކުރާށެވެ! ތިޔަބައިމީހުންގެ ތެރޭގައި ހޭޖެހޭ ފިރިހެނަކު ނުވަނީހެއްޔެވެ؟
79قَالُوا لَقَدْ عَلِمْتَ مَا لَنَا فِي بَنَاتِكَ مِنْ حَقٍّ وَإِنَّكَ لَتَعْلَمُ مَا نُرِيدُ
އެއުރެން ދެންނެވޫއެވެ. ހަމަކަށަވަރުން، ކަލޭގެފާނުގެ އަންހެން ދަރިންނާމެދު އެއްވެސް حق އެއް (އެބަހީ: އެއްވެސް ބޭނުމެއް) ތިމަންމެންނަށް ނުވާކަން ކަލޭގެފާނަށް އެނގިވަޑައިގަންނަވާނެތެވެ. އަދި ހަމަކަށަވަރުން، ތިމަންމެން އެދޭ ކަންތައް ކަލޭގެފާނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެތެވެ
ހޫދުޤުރުއާން ފިހުރިސްތު
123އާޔަތް
MeccanRevelation
77އާޔަތް

ތަރުޖަމާ — ހޫދު 77

ސޫރަތު ހޫދު އާޔަތް 77 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އަދި ތިމަންރަސްކަލާނގެ رسول ން (އެބަހީ: ملائكة ން) لوط ގެފާނުގެ އަރިހަށް…

ސޫރަތު އާޔަތް 77/123 — ސޫރަތު ހޫދު هود (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ސޫރަތު ހޫދު އަޑު އަހާ, ސޫރަތު ހޫދު ތަރުޖަމާ, ސޫރަތު ހޫދު mp3, ސޫރަތު ހޫދު pdf. އާޔަތް 75–79. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Monday, September 7, 2026

Don't forget us in your sincere prayers