އަން-ނިސާއް · 134/176
ތަރުޖަމާ ކިޔެވުން — ސޫރަތު އަން-ނިސާއް
مَّن كَانَ يُرِيدُ ثَوَابَ الدُّنْيَا فَعِندَ اللَّهِ ثَوَابُ الدُّنْيَا وَالْآخِرَةِ ۚ وَكَانَ اللَّهُ سَمِيعًا بَصِيرًا ۝١٣٤
man kaana yureedu sawaabad dunyaa fa`indallaahi sawaabud dunyaa wal Aakhirah; wa kaanal laahu Samee`am Baseeraa
📖 ދިވެހި މާނަ
ދުނިޔޭގެ ثواب އެދޭކަމުގައިވާ މީހާ (ދަންނާށެވެ!) ފަހެ، ދުނިޔެއާއި آخرة ގެ ثواب ވަނީ، اللَّه ގެ حضرة ގައެވެ. މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ

🎧 އަޑު އަހާ


📜 އާޔަތް 132-136 — ސޫރަތު އަން-ނިސާއް

132وَلِلَّهِ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۚ وَكَفَىٰ بِاللَّهِ وَكِيلًا
އަދި، އުޑުތަކާއި، ބިމުގައި ވާހައި އެއްޗެއް މިލްކުވެގެންވަނީ اللَّه އަށެވެ. وكيل އަކުކަމުގައި اللَّه ފުދެއެވެ
133إِن يَشَأْ يُذْهِبْكُمْ أَيُّهَا النَّاسُ وَيَأْتِ بِآخَرِينَ ۚ وَكَانَ اللَّهُ عَلَىٰ ذَٰلِكَ قَدِيرًا
އޭ މީސްތަކުންނޭވެ! އެކަލާނގެ އިރާދަކުރައްވާނަމަ، ތިޔަބައިމީހުން ނެތިކުރައްވައިފީހެވެ. އަދި (ތިޔަބައިމީހުންގެ ބަދަލުގައި) އެހެންބަޔަކު އުފައްދަވައިފީހެވެ. އެކަމުގެ މައްޗަށް ކުޅަދުންވަންތަ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ
134مَّن كَانَ يُرِيدُ ثَوَابَ الدُّنْيَا فَعِندَ اللَّهِ ثَوَابُ الدُّنْيَا وَالْآخِرَةِ ۚ وَكَانَ اللَّهُ سَمِيعًا بَصِيرًا
ދުނިޔޭގެ ثواب އެދޭކަމުގައިވާ މީހާ (ދަންނާށެވެ!) ފަހެ، ދުނިޔެއާއި آخرة ގެ ثواب ވަނީ، اللَّه ގެ حضرة ގައެވެ. މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ
135۞ يَا أَيُّهَا الَّذِينَ آمَنُوا كُونُوا قَوَّامِينَ بِالْقِسْطِ شُهَدَاءَ لِلَّهِ وَلَوْ عَلَىٰ أَنفُسِكُمْ أَوِ الْوَالِدَيْنِ وَالْأَقْرَبِينَ ۚ إِن يَكُنْ غَنِيًّا أَوْ فَقِيرًا فَاللَّهُ أَوْلَىٰ بِهِمَا ۖ فَلَا تَتَّبِعُوا الْهَوَىٰ أَن تَعْدِلُوا ۚ وَإِن تَلْوُوا أَوْ تُعْرِضُوا فَإِنَّ اللَّهَ كَانَ بِمَا تَعْمَلُونَ خَبِيرًا
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން عدل إنصاف قائم ކުރުމުގައި ދެމިތިބޭ ބަޔަކު ކަމުގައިވާށެވެ! (އަދި) اللَّه އަށްޓަކައި ހެކިބަސް އަދާކުރާ ބަޔަކު ކަމުގައި ތިޔަބައިމީހުންވާށެވެ! ތިޔަބައިމީހުންގެ އަމިއްލަ نفس ތަކުގެ މައްޗަށް ކަމުގައިވިޔަސް، ނުވަތަ މައިންބަފައިންނާއި، ގާތްތިމާގެ މީހުންގެ މައްޗަށް ކަމުގައިވިޔަސް މެއެވެ. އެމީހަކީ (އެބަހީ: އެމީހެއްގެ މައްޗަށް ހެކިދެވޭ މީހަކީ) މުއްސަންޖަކު ކަމުގައި، ނުވަތަ فقير އަކު ކަމުގައިވިޔަސް، ފަހެ، އެދެމީހުންނަށްމެ، اللَّه، أولى ކަން ބޮޑެވެ. ތިޔަބައިމީހުން عدل ވެރިވުން ދޫކޮށް އަމިއްލަ އެދުމަށް تبع ނުވާށެވެ! އަދި، ތިޔަބައިމީހުން ހެކިބަސް ބަދަލުކުޅަނަމަ، ނުވަތަ ހެކިބަސް އަދާކުރުމުން އެއްކިބާވާނަމަ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ތިޔަބައިމީހުން ކުރާ عمل ތައް މޮޅަށް ދެނެވޮޑިގެންވާ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ
136يَا أَيُّهَا الَّذِينَ آمَنُوا آمِنُوا بِاللَّهِ وَرَسُولِهِ وَالْكِتَابِ الَّذِي نَزَّلَ عَلَىٰ رَسُولِهِ وَالْكِتَابِ الَّذِي أَنزَلَ مِن قَبْلُ ۚ وَمَن يَكْفُرْ بِاللَّهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ وَالْيَوْمِ الْآخِرِ فَقَدْ ضَلَّ ضَلَالًا بَعِيدًا
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! اللَّه އަށާއި، އެކަލާނގެ رسول އާއަށާއި، އެކަލާނގެ رسول އާއަށް ބާވައިލެއްވި ފޮތަށާއި، އަދި، ކުރިން ބާވައިލެއްވި ފޮތަށް إيمان ވުންމަތީ ތިޔަބައިމީހުން ދެމިތިބޭށެވެ! އަދި، اللَّه އަށާއި، އެކަލާނގެ ملائكة ންނަށާއި، އެކަލާނގެ (ބާވައިލެއްވި) ފޮތްތަކަށާއި، އެކަލާނގެ (ފޮނުއްވި) رسول ންނަށާއި، آخرة ދުވަހަށް كافر ވާމީހާ (ދަންނާށެވެ!) ފަހެ، އޭނާ ދުރުވެގެންވާ މަގުފުރެދުމަކުން މަގުފުރެދިއްޖެކަން ކަށަވަރެވެ
އަން-ނިސާއްޤުރުއާން ފިހުރިސްތު
176އާޔަތް
MedinanRevelation
134އާޔަތް

ތަރުޖަމާ — އަން-ނިސާއް 134

ސޫރަތު އަން-ނިސާއް އާޔަތް 134 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : ދުނިޔޭގެ ثواب އެދޭކަމުގައިވާ މީހާ (ދަންނާށެވެ!) ފަހެ، ދުނިޔެއާއި آخرة ގެ ثواب…

ސޫރަތު އާޔަތް 134/176 — ސޫރަތު އަން-ނިސާއް النساء (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ސޫރަތު އަން-ނިސާއް އަޑު އަހާ, ސޫރަތު އަން-ނިސާއް ތަރުޖަމާ, ސޫރަތު އަން-ނިސާއް mp3, ސޫރަތު އަން-ނިސާއް pdf. އާޔަތް 132–136. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Monday, September 7, 2026

Don't forget us in your sincere prayers