އަލް-އަންފާލް · 22/75
ތަރުޖަމާ ކިޔެވުން — ސޫރަތު އަލް-އަންފާލް
۞ إِنَّ شَرَّ الدَّوَابِّ عِندَ اللَّهِ الصُّمُّ الْبُكْمُ الَّذِينَ لَا يَعْقِلُونَ ۝٢٢
Inna sharrad dawaaabbi `indal laahis summul bukmul lazeena laa ya`qiloon
📖 ދިވެހި މާނަ
ހަމަކަށަވަރުން، ދިރޭ ތަކެތީގެ ތެރެއިން اللَّه ގެ حضرة ގައި އެންމެ ނުބައިކަން ބޮޑު ބަޔަކީ ބީރު، މަންމަނުންނެވެ. އެއުރެންނީ، ނުވިސްނާ ބަޔެކެވެ. (އެބަހީ: حق ގެބަސް ނުބުނާ، އެ އަޑުނާހާ، حق އާއި، باطل ވަކިކުރުމަށް ވިސްނުމުގެ ބޭނުން ނުކުރާ މީހުންނެވެ)

🎧 އަޑު އަހާ


📜 އާޔަތް 20-24 — ސޫރަތު އަލް-އަންފާލް

20يَا أَيُّهَا الَّذِينَ آمَنُوا أَطِيعُوا اللَّهَ وَرَسُولَهُ وَلَا تَوَلَّوْا عَنْهُ وَأَنتُمْ تَسْمَعُونَ
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! اللَّه އަށާއި، އެކަލާނގެ رسول އާއަށް ތިޔަބައިމީހުން ކިޔަމަންވާށެވެ! އަދި ތިޔަބައިމީހުން (އެކަލޭގެފާނު ވިދާޅުވާ އެއްޗެއް) އަޑުއަހާންތިބެފައި، އެކަލޭގެފާނަށް ފުރަގަސްނުދޭށެވެ
21وَلَا تَكُونُوا كَالَّذِينَ قَالُوا سَمِعْنَا وَهُمْ لَا يَسْمَعُونَ
އަދި ނާހައިތިބެމެ، ތިމަންމެން އަހައިފީމުއޭ ބުނި މީހުން ފަދައިން ތިޔަބައިމީހުން ނުވާށެވެ
22۞ إِنَّ شَرَّ الدَّوَابِّ عِندَ اللَّهِ الصُّمُّ الْبُكْمُ الَّذِينَ لَا يَعْقِلُونَ
ހަމަކަށަވަރުން، ދިރޭ ތަކެތީގެ ތެރެއިން اللَّه ގެ حضرة ގައި އެންމެ ނުބައިކަން ބޮޑު ބަޔަކީ ބީރު، މަންމަނުންނެވެ. އެއުރެންނީ، ނުވިސްނާ ބަޔެކެވެ. (އެބަހީ: حق ގެބަސް ނުބުނާ، އެ އަޑުނާހާ، حق އާއި، باطل ވަކިކުރުމަށް ވިސްނުމުގެ ބޭނުން ނުކުރާ މީހުންނެވެ)
23وَلَوْ عَلِمَ اللَّهُ فِيهِمْ خَيْرًا لَّأَسْمَعَهُمْ ۖ وَلَوْ أَسْمَعَهُمْ لَتَوَلَّوا وَّهُم مُّعْرِضُونَ
އެއުރެންގެ ކިބައިގައި، ހެޔޮކަމެއްވާކަން اللَّه ދެނެވޮޑިގެންފިނަމަ، އެއުރެންނަށް އިއްވެވީސްކަން ކަށަވަރެވެ. އަދި އެއުރެންނަށް އިއްވެވި ނަމަވެސް، ފުރަގަސްދޭ حال، އެއުރެން އެނބުރި ހިނގައްޖައީސްކަން ކަށަވަރެވެ
24يَا أَيُّهَا الَّذِينَ آمَنُوا اسْتَجِيبُوا لِلَّهِ وَلِلرَّسُولِ إِذَا دَعَاكُمْ لِمَا يُحْيِيكُمْ ۖ وَاعْلَمُوا أَنَّ اللَّهَ يَحُولُ بَيْنَ الْمَرْءِ وَقَلْبِهِ وَأَنَّهُ إِلَيْهِ تُحْشَرُونَ
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންނަށް ދިރުންދޭ ކަމަކަށް رسول އާ ތިޔަބައިމީހުންނަށް ގޮވައިލައްވާހިނދު، اللَّه އަށާއި، رسول އާއަށް ތިޔަބައިމީހުން އިޖާބަ ދޭހުށިކަމެވެ! އަދި ތިޔަބައިމީހުން ދަންނާށެވެ! ހަމަކަށަވަރުން، اللَّه، އިންސާނާއާއި، އޭނާގެ ހިތުގެ އެދުންތަކާ ދެމެދު ހުރަސްއަޅުއްވަތެވެ. އަދި ހަމަކަށަވަރުން، ތިޔަބައިމީހުން (قيامة ދުވަހުން) އެއްކުރައްވާހުށީ، އެކަލާނގެ حضرة އަށެވެ
އަލް-އަންފާލްޤުރުއާން ފިހުރިސްތު
75އާޔަތް
MedinanRevelation
22އާޔަތް

ތަރުޖަމާ — އަލް-އަންފާލް 22

ސޫރަތު އަލް-އަންފާލް އާޔަތް 22 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : ހަމަކަށަވަރުން، ދިރޭ ތަކެތީގެ ތެރެއިން اللَّه ގެ حضرة ގައި އެންމެ ނުބައިކަން…

ސޫރަތު އާޔަތް 22/75 — ސޫރަތު އަލް-އަންފާލް الأنفال (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ސޫރަތު އަލް-އަންފާލް އަޑު އަހާ, ސޫރަތު އަލް-އަންފާލް ތަރުޖަމާ, ސޫރަތު އަލް-އަންފާލް mp3, ސޫރަތު އަލް-އަންފާލް pdf. އާޔަތް 20–24. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Monday, September 7, 2026

Don't forget us in your sincere prayers