އަލް-ޤަސަޞް · 62/88
ތަރުޖަމާ ކިޔެވުން — އަލް-ޤަސަޞް
وَيَوْمَ يُنَادِيهِمْ فَيَقُولُ أَيْنَ شُرَكَائِيَ الَّذِينَ كُنتُمْ تَزْعُمُونَ ۝٦٢
Wa Yawma yunaadeehim fa-yaqoolu aina shurakaaa `iyal lazeena kuntum taz`umoon
📖 ދިވެހި މާނަ
އަދި އެއުރެންނަށް (އެބަހީ: مشرك ންނަށް) އެކަލާނގެ ނިދާ އިއްވަވާ ދުވަސް (ހަނދުމަކުރާށެވެ!) ފަހެ، އެކަލާނގެ (އެދުވަހުން އެއުރެން ދެރަކޮށްލެއްވުމުގެގޮތުން) وحى ކުރައްވާނެތެވެ. ތިމަންރަސްކަލާނގެއަށްވާ شريك ން ކަމުގައި ތިޔަބައިމީހުން ހީކޮށްގެން އުޅުނު ތަކެތި ކޮބައިހެއްޔެވެ؟
🎧 އަޑު އަހާ

📜 އާޔަތް 60-64 — އަލް-ޤަސަޞް

60وَمَا أُوتِيتُم مِّن شَيْءٍ فَمَتَاعُ الْحَيَاةِ الدُّنْيَا وَزِينَتُهَا ۚ وَمَا عِندَ اللَّهِ خَيْرٌ وَأَبْقَىٰ ۚ أَفَلَا تَعْقِلُونَ
އަދި ތިޔަބައިމީހުންނަށް ދެއްވި ކޮންމެ އެއްޗަކީ، ދުނިޔޭގެ ދިރިއުޅުމުގެ ވަގުތީ އުފަލެކެވެ. އަދި އެތާނގެ ޒީނަތްތެރިކަމެވެ. އަދި اللَّه ގެ حضرة ގައިވާ ތަކެތި ހެޔޮކަން ބޮޑުވެފައި، ދެމިހުރުން ބޮޑެވެ. ފަހެ، ތިޔަބައިމީހުންނަކަށް ނުވިސްނޭ ހެއްޔެވެ؟
61أَفَمَن وَعَدْنَاهُ وَعْدًا حَسَنًا فَهُوَ لَاقِيهِ كَمَن مَّتَّعْنَاهُ مَتَاعَ الْحَيَاةِ الدُّنْيَا ثُمَّ هُوَ يَوْمَ الْقِيَامَةِ مِنَ الْمُحْضَرِينَ
ފަހެ، އެމީހަކަށް ރިވެތިވެގެންވާ وعد އަކުން ތިމަންރަސްކަލާނގެ وعد ކުރައްވާފައިވާ، އަދި އެ وعد ކުރެއްވެވިކަމެއް ލިބެނިވި މީހަކީ، ދުނިޔޭގެ ދިރިއުޅުމުގެ ވަގުތީ އުފާ ތިމަންރަސްކަލާނގެ އެމީހަކަށް ދެއްވި މީހަކާ އެއްފަދަ މީހެއް ހެއްޔެވެ؟ ދެން قيامة ދުވަހުން، އެމީހާވާހުށީ (عقوبات ލިބުމަށް) حاضر ކުރައްވާ މީހުންގެ ތެރެއިންނެވެ
62وَيَوْمَ يُنَادِيهِمْ فَيَقُولُ أَيْنَ شُرَكَائِيَ الَّذِينَ كُنتُمْ تَزْعُمُونَ
އަދި އެއުރެންނަށް (އެބަހީ: مشرك ންނަށް) އެކަލާނގެ ނިދާ އިއްވަވާ ދުވަސް (ހަނދުމަކުރާށެވެ!) ފަހެ، އެކަލާނގެ (އެދުވަހުން އެއުރެން ދެރަކޮށްލެއްވުމުގެގޮތުން) وحى ކުރައްވާނެތެވެ. ތިމަންރަސްކަލާނގެއަށްވާ شريك ން ކަމުގައި ތިޔަބައިމީހުން ހީކޮށްގެން އުޅުނު ތަކެތި ކޮބައިހެއްޔެވެ؟
63قَالَ الَّذِينَ حَقَّ عَلَيْهِمُ الْقَوْلُ رَبَّنَا هَٰؤُلَاءِ الَّذِينَ أَغْوَيْنَا أَغْوَيْنَاهُمْ كَمَا غَوَيْنَا ۖ تَبَرَّأْنَا إِلَيْكَ ۖ مَا كَانُوا إِيَّانَا يَعْبُدُونَ
އެއުރެންގެ މައްޗަށް (ކޯފާގެ) ބަސްފުޅު حق ވީ މީހުން ދަންނަވާނެތެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! މިތިބީ އަޅަމެން މަގުފުރެއްދި މީހުންނެވެ. އަޅަމެން، އެއުރެން މަގުފުރެއްދީ، އަޅަމެންވެސް މަގުފުރެދުނު ފަދައިންނެވެ. އިބަރަސްކަލާނގެ حضرة އަށް އެއުރެންގެ ކިބައިން އަޅަމެން ބަރީއަވެއްޖައީމުއެވެ. އެއުރެން އަޅުކަންކޮށް އުޅުނީ އަޅަމެންނަކަށް ނޫނެވެ
64وَقِيلَ ادْعُوا شُرَكَاءَكُمْ فَدَعَوْهُمْ فَلَمْ يَسْتَجِيبُوا لَهُمْ وَرَأَوُا الْعَذَابَ ۚ لَوْ أَنَّهُمْ كَانُوا يَهْتَدُونَ
އަދި (ދެރަކޮށްލެއްވުމުގެގޮތުން) އަންގަވާ ހުށްޓެވެ. ތިޔަބައިމީހުންގެ شريك ންނަށް ތިޔަބައިމީހުން ގޮވާށެވެ! ފަހެ، އެއުރެން އެ شريك ންނަށް ގޮވާނެތެވެ. އެ شريك ން އެއުރެންނަކަށް އިޖާބައެއް ނުދޭނެތެވެ. އަދި އެއުރެންނަށް عذاب ފެންނަ ހުށްޓެވެ. އެހިނދު، އެއުރެންނަށް ތެދުމަގު ލިބުނުނަމަ، ކިހާރަނގަޅުހޭ އެއުރެން ހިތަށް އަރާނެތެވެ
އަލް-ޤަސަޞްޤުރުއާން ފިހުރިސްތު
88އާޔަތް
MeccanRevelation
62އާޔަތް

ތަރުޖަމާ — އަލް-ޤަސަޞް 62

ސޫރަތު އަލް-ޤަސަޞް އާޔަތް 62 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އަދި އެއުރެންނަށް (އެބަހީ: مشرك ންނަށް) އެކަލާނގެ ނިދާ އިއްވަވާ ދުވަސް (ހަނދުމަކުރާށެވެ!)…

ސޫރަތު އާޔަތް 62/88 — އަލް-ޤަސަޞް القصص (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަލް-ޤަސަޞް އަޑު އަހާ, އަލް-ޤަސަޞް ތަރުޖަމާ, އަލް-ޤަސަޞް mp3, އަލް-ޤަސަޞް pdf. އާޔަތް 60–64. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers