އަލް-އަންޢާމް · 46/165
ތަރުޖަމާ ކިޔެވުން — އަލް-އަންޢާމް
قُلْ أَرَأَيْتُمْ إِنْ أَخَذَ اللَّهُ سَمْعَكُمْ وَأَبْصَارَكُمْ وَخَتَمَ عَلَىٰ قُلُوبِكُم مَّنْ إِلَٰهٌ غَيْرُ اللَّهِ يَأْتِيكُم بِهِ ۗ انظُرْ كَيْفَ نُصَرِّفُ الْآيَاتِ ثُمَّ هُمْ يَصْدِفُونَ ۝٤٦
Qul ara`aitum in akhazal laahu sam`akum wa absaarakum wa khatama `alaa quloobikum man ilaahun ghairul laahi yaateekum bih; unzur kaifa nusarriful Aayaati summa hum yasdifoon
📖 ދިވެހި މާނަ
ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ނިކަން ބުނެބަލާށެވެ! اللَّه ތިޔަބައިމީހުންގެ އިވުމާއި، ފެނުން ގެންދަވައި އަދި ތިޔަބައިމީހުންގެ ހިތްތަކުގައި ސިއްކަގައްސަވައިފިނަމަ، އެކަންތައްތައް ތިޔަބައިމީހުންނަށް އަލުން ގެނެސްދޭނީ اللَّه ފިޔަވައި ކޮން إله އަކު ހެއްޔެވެ؟ ތިމަންރަސްކަލާނގެ آية ތައް އެކިގޮތްގޮތަށް ބަޔާންކޮށްދެއްވަނީ، ކޮންފަދައަކުންކަން ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ! ދެން އެއަށްފަހުވެސް، އެއުރެން އެ آية ތަކުން ދުރުހެލިވެގަނެތެވެ
🎧 އަޑު އަހާ

📜 އާޔަތް 44-48 — އަލް-އަންޢާމް

44فَلَمَّا نَسُوا مَا ذُكِّرُوا بِهِ فَتَحْنَا عَلَيْهِمْ أَبْوَابَ كُلِّ شَيْءٍ حَتَّىٰ إِذَا فَرِحُوا بِمَا أُوتُوا أَخَذْنَاهُم بَغْتَةً فَإِذَا هُم مُّبْلِسُونَ
ދެން އެއުރެންނަށް ހަނދާންކޮށްދެއްވި ކަންތައް، އެއުރެން ހަނދާންނައްތައިފި ހިނދު (امتحان އެއްގެ ގޮތުން) ހުރިހާކަމެއްގެ ދޮރުތައް ތިމަންރަސްކަލާނގެ އެއުރެންނަށް ހުޅުއްވައިދެއްވީމެވެ. (އެބަހީ: ހުރިހާ ގޮތަކުން ތަނަވަސްކަމާއި ތިޔާގިކަން ދެއްވީމެވެ.) ދެން އެއުރެންނަށް ދެއްވި ކަންތަކާމެދު އެއުރެން އުފަލުގައި ތިއްބާ ކުއްލިއަކަށް ތިމަންރަސްކަލާނގެ އެއުރެން ހިއްޕެވީމެވެ. އެހިނދު اميد ކެނޑިފައިތިބި ބަޔަކު ކަމުގައި އެއުރެންވިއެވެ
45فَقُطِعَ دَابِرُ الْقَوْمِ الَّذِينَ ظَلَمُوا ۚ وَالْحَمْدُ لِلَّهِ رَبِّ الْعَالَمِينَ
ދެން އަނިޔާވެރިވީ މީހުންގެ އެންމެފަހު މީހާއަށްދާނދެން ނެތި ކުރެއްވިއެވެ. حمد ހުރީ، عالم ތަކުގެ ވެރި اللَّه އަށެވެ
46قُلْ أَرَأَيْتُمْ إِنْ أَخَذَ اللَّهُ سَمْعَكُمْ وَأَبْصَارَكُمْ وَخَتَمَ عَلَىٰ قُلُوبِكُم مَّنْ إِلَٰهٌ غَيْرُ اللَّهِ يَأْتِيكُم بِهِ ۗ انظُرْ كَيْفَ نُصَرِّفُ الْآيَاتِ ثُمَّ هُمْ يَصْدِفُونَ
ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ނިކަން ބުނެބަލާށެވެ! اللَّه ތިޔަބައިމީހުންގެ އިވުމާއި، ފެނުން ގެންދަވައި އަދި ތިޔަބައިމީހުންގެ ހިތްތަކުގައި ސިއްކަގައްސަވައިފިނަމަ، އެކަންތައްތައް ތިޔަބައިމީހުންނަށް އަލުން ގެނެސްދޭނީ اللَّه ފިޔަވައި ކޮން إله އަކު ހެއްޔެވެ؟ ތިމަންރަސްކަލާނގެ آية ތައް އެކިގޮތްގޮތަށް ބަޔާންކޮށްދެއްވަނީ، ކޮންފަދައަކުންކަން ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ! ދެން އެއަށްފަހުވެސް، އެއުރެން އެ آية ތަކުން ދުރުހެލިވެގަނެތެވެ
47قُلْ أَرَأَيْتَكُمْ إِنْ أَتَاكُمْ عَذَابُ اللَّهِ بَغْتَةً أَوْ جَهْرَةً هَلْ يُهْلَكُ إِلَّا الْقَوْمُ الظَّالِمُونَ
ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ނިކަން ބުނެބަލާށެވެ! اللَّه ގެ عذاب ކުއްލިއަކަށް ނުވަތަ ފާޅުގައި ތިޔަބައިމީހުންގެ ގާތަށް އަތުވެއްޖެނަމަ، އަނިޔާވެރިވީ މީހުން ފިޔަވައި އެހެން ބަޔަކު ހަލާކުވެގެންދާނޭ ހެއްޔެވެ؟
48وَمَا نُرْسِلُ الْمُرْسَلِينَ إِلَّا مُبَشِّرِينَ وَمُنذِرِينَ ۖ فَمَنْ آمَنَ وَأَصْلَحَ فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ
އަދި އުފާވެރިކަމުގެ خبر ދެއްވާ، ބޭކަލުން ކަމުގައްޔާއި، إنذار ކުރައްވާ ބޭކަލުން ކަމުގައިމެނުވީ، ތިމަންރަސްކަލާނގެ رسول ން ނުފޮނުއްވަމެވެ. ފަހެ، إيمان ވެ إصلاح ކުޅަ މީހުން (ދަންނާށެވެ!) ފަހެ، އެއުރެންގެ މައްޗަކަށް އެއްވެސް ބިރެއް ނެތެވެ. އަދި އެއުރެންނަކީ ހިތާމަކުރާނޭ ބަޔަކު ކަމުގައިވެސް ނުމެވޭމެއެވެ
އަލް-އަންޢާމްޤުރުއާން ފިހުރިސްތު
165އާޔަތް
MeccanRevelation
46އާޔަތް

ތަރުޖަމާ — އަލް-އަންޢާމް 46

ސޫރަތު އަލް-އަންޢާމް އާޔަތް 46 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ނިކަން ބުނެބަލާށެވެ! اللَّه ތިޔަބައިމީހުންގެ އިވުމާއި، ފެނުން ގެންދަވައި…

ސޫރަތު އާޔަތް 46/165 — އަލް-އަންޢާމް الأنعام (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަލް-އަންޢާމް އަޑު އަހާ, އަލް-އަންޢާމް ތަރުޖަމާ, އަލް-އަންޢާމް mp3, އަލް-އަންޢާމް pdf. އާޔަތް 44–48. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers