އަލް-އަޢްރާފް · 140/206
ތަރުޖަމާ ކިޔެވުން — އަލް-އަޢްރާފް
قَالَ أَغَيْرَ اللَّهِ أَبْغِيكُمْ إِلَٰهًا وَهُوَ فَضَّلَكُمْ عَلَى الْعَالَمِينَ ۝١٤٠
Qaala a-ghairal laahi abgheekum ilaahanw wa Huwa faddalakum `alal `aalameen
📖 ދިވެހި މާނަ
އެކަލޭގެފާނު ވިދާޅުވިއެވެ. عالم ތަކުގެ މައްޗަށް ތިޔަބައިމީހުން މާތްކުރެއްވީ، އެކަލާނގެ ކަމުގައިވާ حال، ތިޔަބައިމީހުންނަށް إله އަކު ކަމުގައި اللَّه ނޫން އެހެންފަރާތެއް ތިމަންކަލޭގެފާނު އެދިވަޑައިގަންނަވަންވީ ހެއްޔެވެ؟

🎧 އަޑު އަހާ


📜 އާޔަތް 138-142 — އަލް-އަޢްރާފް

138وَجَاوَزْنَا بِبَنِي إِسْرَائِيلَ الْبَحْرَ فَأَتَوْا عَلَىٰ قَوْمٍ يَعْكُفُونَ عَلَىٰ أَصْنَامٍ لَّهُمْ ۚ قَالُوا يَا مُوسَى اجْعَل لَّنَا إِلَٰهًا كَمَا لَهُمْ آلِهَةٌ ۚ قَالَ إِنَّكُمْ قَوْمٌ تَجْهَلُونَ
އަދި ކަނޑު ހުރަސްކުރައްވައި، ތިމަންރަސްކަލާނގެ إسـرآءيـل ގެދަރިން ގެންދެވީމެވެ. ދެން އެއުރެން قوم އެއްގެ މީހުންނާހަމަޔަށް އައޫއެވެ. އެއުރެންތިބީ، އެއުރެންގެ ބުދުތަކަށް އަޅުކަންކުރުން މަތީގައެވެ. އެއުރެން (އެބަހީ: إسـرآءيـل ގެދަރިން) ދެންނެވޫއެވެ. އޭ موسى ގެފާނެވެ! އެއުރެންނަށް إله ންތަކެއް ވާފަދައިން، ތިމަންމެންނަށްވެސް إله އެއް ލައްވައި ދެއްވާށެވެ! އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންނީ (حق ގޮތް) ނޭނގޭ ބަޔެކެވެ
139إِنَّ هَٰؤُلَاءِ مُتَبَّرٌ مَّا هُمْ فِيهِ وَبَاطِلٌ مَّا كَانُوا يَعْمَلُونَ
ހަމަކަށަވަރުން، އެގޮތެއްގެ މަތީގައި އެއުރެންތިބި ގޮތަކީ، ހަލާކުވެ އުވިގެންދާނޭ ގޮތެކެވެ. އަދި އެއުރެން ކޮށްއުޅުނު عمل ތައް، باطل ވެގެންވެއެވެ
140قَالَ أَغَيْرَ اللَّهِ أَبْغِيكُمْ إِلَٰهًا وَهُوَ فَضَّلَكُمْ عَلَى الْعَالَمِينَ
އެކަލޭގެފާނު ވިދާޅުވިއެވެ. عالم ތަކުގެ މައްޗަށް ތިޔަބައިމީހުން މާތްކުރެއްވީ، އެކަލާނގެ ކަމުގައިވާ حال، ތިޔަބައިމީހުންނަށް إله އަކު ކަމުގައި اللَّه ނޫން އެހެންފަރާތެއް ތިމަންކަލޭގެފާނު އެދިވަޑައިގަންނަވަންވީ ހެއްޔެވެ؟
141وَإِذْ أَنجَيْنَاكُم مِّنْ آلِ فِرْعَوْنَ يَسُومُونَكُمْ سُوءَ الْعَذَابِ ۖ يُقَتِّلُونَ أَبْنَاءَكُمْ وَيَسْتَحْيُونَ نِسَاءَكُمْ ۚ وَفِي ذَٰلِكُم بَلَاءٌ مِّن رَّبِّكُمْ عَظِيمٌ
فرعون ގެ މީހުންގެ ކިބައިން ތިމަންރަސްކަލާނގެ ތިޔަބައިމީހުން މިންޖުކުރެއްވިހިނދު، ހަނދުމަކުރާށެވެ! އެއުރެން ތިޔަބައިމީހުންނަށް ގަދަފަދަވެގެންވާ عذاب ގެ ރަހަ ދައްކަމުން ގެންދެތެވެ. އެއުރެން ތިޔަބައިމީހުންގެ ތެރެއިން ފިރިހެންދަރިން قتل ކޮށް، އަދި ތިޔަބައިމީހުންގެ ތެރެއިން އަންހެނުން ނުމަރައި ބައިތިއްބަތެވެ. އެކަންތައްތަކުގައި، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން އައިސްފައިވާ ބޮޑު امتحان އެއްވެއެވެ
142۞ وَوَاعَدْنَا مُوسَىٰ ثَلَاثِينَ لَيْلَةً وَأَتْمَمْنَاهَا بِعَشْرٍ فَتَمَّ مِيقَاتُ رَبِّهِ أَرْبَعِينَ لَيْلَةً ۚ وَقَالَ مُوسَىٰ لِأَخِيهِ هَارُونَ اخْلُفْنِي فِي قَوْمِي وَأَصْلِحْ وَلَا تَتَّبِعْ سَبِيلَ الْمُفْسِدِينَ
(ބަސް وحى ކުރެއްވުމަށާއި، توراة ބާވައިލެއްވުމަށް) ތިރީސް ރޭގެ މުއްދަތެއް ތިމަންރަސްކަލާނގެ موسى ގެފާނަށް ކަނޑައަޅުއްވައި ދެއްވީމެވެ. އަދި އެއަށް ދިހަޔެއް އިތުރުކުރައްވައި، ފުރިހަމަ ކުރެއްވީމެވެ. ފަހެ، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަނޑައަޅުއްވާފައިވާ މުއްދަތު ސާޅީސް ރޭ ފުރިހަމަވިއެވެ. އަދި موسى ގެފާނު އެކަލޭގެފާނުގެ أخ، هارون ގެފާނަށް ވިދާޅުވިއެވެ. ތިމަންކަލޭގެފާނުގެ قوم ގެމީހުންގެ ތެރޭގައި ތިމަންކަލޭގެފާނުގެ ބަދަލުގައި ހުންނަވާށެވެ! އަދި إصلاح ކުރައްވާށެވެ! އަދި فساد ކުރާ މީހުންގެ މަގަށް تبع ވެވަޑައިނުގަންނަވާށެވެ
އަލް-އަޢްރާފްޤުރުއާން ފިހުރިސްތު
206އާޔަތް
MeccanRevelation
140އާޔަތް

ތަރުޖަމާ — އަލް-އަޢްރާފް 140

ސޫރަތު އަލް-އަޢްރާފް އާޔަތް 140 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އެކަލޭގެފާނު ވިދާޅުވިއެވެ. عالم ތަކުގެ މައްޗަށް ތިޔަބައިމީހުން މާތްކުރެއްވީ، އެކަލާނގެ ކަމުގައިވާ حال،…

ސޫރަތު އާޔަތް 140/206 — އަލް-އަޢްރާފް الأعراف (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަލް-އަޢްރާފް އަޑު އަހާ, އަލް-އަޢްރާފް ތަރުޖަމާ, އަލް-އަޢްރާފް mp3, އަލް-އަޢްރާފް pdf. އާޔަތް 138–142. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers