އާލު-ޢިމްރާން · 59/200
ތަރުޖަމާ ކިޔެވުން — ސޫރަތު އާލު-ޢިމްރާން
إِنَّ مَثَلَ عِيسَىٰ عِندَ اللَّهِ كَمَثَلِ آدَمَ ۖ خَلَقَهُ مِن تُرَابٍ ثُمَّ قَالَ لَهُ كُن فَيَكُونُ ۝٥٩
Inna masala `Eesaa `indal laahi kamasali Aadama khalaqahoo min turaabin summa qaala lahoo kun fayakoon
📖 ދިވެހި މާނަ
ހަމަކަށަވަރުން، اللَّه ގެ حضرة ގައި، عيسى ގެފާނު (ހެއްދެވުމުގެ) مثال، آدم ގެފާނުގެ مثال ފަދައެވެ. އެކަލާނގެ، آدم ގެފާނު ހެއްދެވީ، ވެލީންނެވެ. ދެން، އެކަލޭގެފާނަށް (އިންސާނަކަށް) [ވާށޭ] وحى ކުރެއްވިއެވެ. ދެން، (اللَّه وحى ކުރެއްވި ފަދައިން) ވެއްޖެއެވެ

🎧 އަޑު އަހާ


📜 އާޔަތް 57-61 — ސޫރަތު އާލު-ޢިމްރާން

57وَأَمَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ فَيُوَفِّيهِمْ أُجُورَهُمْ ۗ وَاللَّهُ لَا يُحِبُّ الظَّالِمِينَ
އަދި، إيمان ވެ، صالح عمل ކުޅަމީހުން ދަންނާށެވެ! ފަހެ، އެއުރެންގެ އުޖޫރަ ފުރިހަމަޔަށް އެއުރެންނަށް، އެކަލާނގެ ދެއްވާނެތެވެ. އަނިޔާވެރިންދެކެ اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ
58ذَٰلِكَ نَتْلُوهُ عَلَيْكَ مِنَ الْآيَاتِ وَالذِّكْرِ الْحَكِيمِ
މިއީ، ފާޅުވެގެންވާ دليل ތަކާއި، حكمة ތެރި ذِكر ގެ ތެރެއިން (އެބަހީ: ކީރިތި قرآن ން) ކަލޭގެފާނަށް، ތިމަންރަސްކަލާނގެ ކިޔައިދެއްވާ ވާހަކަތަކެކެވެ
59إِنَّ مَثَلَ عِيسَىٰ عِندَ اللَّهِ كَمَثَلِ آدَمَ ۖ خَلَقَهُ مِن تُرَابٍ ثُمَّ قَالَ لَهُ كُن فَيَكُونُ
ހަމަކަށަވަރުން، اللَّه ގެ حضرة ގައި، عيسى ގެފާނު (ހެއްދެވުމުގެ) مثال، آدم ގެފާނުގެ مثال ފަދައެވެ. އެކަލާނގެ، آدم ގެފާނު ހެއްދެވީ، ވެލީންނެވެ. ދެން، އެކަލޭގެފާނަށް (އިންސާނަކަށް) [ވާށޭ] وحى ކުރެއްވިއެވެ. ދެން، (اللَّه وحى ކުރެއްވި ފަދައިން) ވެއްޖެއެވެ
60الْحَقُّ مِن رَّبِّكَ فَلَا تَكُن مِّنَ الْمُمْتَرِينَ
(އެއީ) ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ންވާ حق ތެދު ބަސްފުޅެވެ. ފަހެ، شك ކުރާ މީހުންގެ ތެރެއިން، ކަލޭގެފާނު ވެވަޑައިނުގަންނަވާށެވެ
61فَمَنْ حَاجَّكَ فِيهِ مِن بَعْدِ مَا جَاءَكَ مِنَ الْعِلْمِ فَقُلْ تَعَالَوْا نَدْعُ أَبْنَاءَنَا وَأَبْنَاءَكُمْ وَنِسَاءَنَا وَنِسَاءَكُمْ وَأَنفُسَنَا وَأَنفُسَكُمْ ثُمَّ نَبْتَهِلْ فَنَجْعَل لَّعْنَتَ اللَّهِ عَلَى الْكَاذِبِينَ
ފަހެ، ކަލޭގެފާނަށް علم ގެ ތެރެއިން (عيسى ގެފާނާމެދު) އައި އެއްޗެއްގެ ފަހުން، އެކަލޭގެފާނާ މެދުގައި ކަލޭގެފާނާ ޖަދަލުކުރި (نصارى އިންގެ) މީހުންނަށް ވިދާޅުވާށެވެ! އަހަރެމެންގެ ދަރިންނަށާއި، ތިޔަބައިމީހުންގެ ދަރިންނަށް އަދި، އަހަރެމެންގެ އަންހެނުންނަށާއި، ތިޔަބައިމީހުންގެ އަންހެނުންނަށް އަދި، އަހަރެމެންގެ އަމިއްލަ نفس ތަކަށާއި، ތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށް، އަހަރެމެން ގޮވައި އެއްކުރަމާ އަންނާށެެވެ! ދެން، ދޮގުވެރިންގެ މައްޗަށް اللَّه ގެ لعنة ލެއްވުމަށްއެދި، އަހަރެމެން دعاء ކޮށް ابتهال ކުރާނީއެވެ
އާލު-ޢިމްރާންޤުރުއާން ފިހުރިސްތު
200އާޔަތް
MedinanRevelation
59އާޔަތް

ތަރުޖަމާ — އާލު-ޢިމްރާން 59

ސޫރަތު އާލު-ޢިމްރާން އާޔަތް 59 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : ހަމަކަށަވަރުން، اللَّه ގެ حضرة ގައި، عيسى ގެފާނު (ހެއްދެވުމުގެ) مثال، آدم…

ސޫރަތު އާޔަތް 59/200 — ސޫރަތު އާލު-ޢިމްރާން آل عمران (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ސޫރަތު އާލު-ޢިމްރާން އަޑު އަހާ, ސޫރަތު އާލު-ޢިމްރާން ތަރުޖަމާ, ސޫރަތު އާލު-ޢިމްރާން mp3, ސޫރަތު އާލު-ޢިމްރާން pdf. އާޔަތް 57–61. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Monday, September 7, 2026

Don't forget us in your sincere prayers